ފިނިޕޭޖް

ކާންޔޭ އާއި ކެންޑިސް ލޯބީގެ ގޮތުން ގުޅިއްޖެ

ކޮންޓްރަވާޝަލް ރެޕާ އަދި ކިމް ކާޑޭޝިއަންގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓާއި ވިކްޓޯރިއާ ސީކްރެޓް މޮޑެލް ކެންޑިސް ސްވޯންޕޯލް ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

މި ދެ ލޯބިވެރިންގެ ގުޅުމާ މެދު ގިނަ ބަޔަކު ހައިރާންވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ދެ ލޯބިވެރިން ގުޅިފައިވަނީ "ކްރިއޭޓިވިޓީ އަދި ފެޝަނަށް" އޮންނަ ޝާއުގުވެރިކަމުގެ ތެރެއިންނެވެ.

މި ދެ ލޯބިވެރިން އެކަކު އަނެކަކަށް ގަޔާވާ މިންވަރު ނިއުޔޯކް ފެޝަން ވީކްގައި ފެނިގެން ދިޔަ އެވެ. ދެމީހުން އެކަކު އަނެކަކާ އެކު ސެލްފީއާއި ފޮޓޯތައް ނަގާ ޕޯސްޓުކޮށް ހެދި އެވެ.

ކެންޑިސް ވަނީ ދާދި ފަހުން ކާންޔޭގެ ޔީޒީ އެސްއެޗްޑީޒެޑް ކެމްޕޭންގައި މޮޑެލްކޮށްފަ އެވެ.

މީގެ އިތުރުން ކިމް ކާޑޭޝިއަންގެ ސްކިމްސް އަށް ކިމްއާ އެކު ކެންޑިސް މޮޑެލްކޮށްފައިވެ އެވެ. ސްކިމްސްގެ ފޮޓޯ ޝޫޓް "ދަ ކާޑޭޝިއަންސް"ގެ ދެވަނަ ސީޒަނުން ފެނިގެންދާނެ އެވެ.

ކާންޔޭ މީގެކުރިން ވަނީ ކިމް ކާޑޭޝިއަންއާއި އޭނާގެ ލޯބިވެރިންނަށް ސޯޝަލް މީޑިއާގައި އެއްޗެތި ކިޔާ ހަދާފަ އެވެ.

ކާންޔޭއަކީ އަބަދުވެސް ކޮންމެވެސް ކަމަކާ އަނގަތަޅާ، މީހުންނާ ޖައްސާލައިގެން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ހަދާ މީހެކެވެ.

ކާންޔޭ، ކެންޑިސްއާ ގުޅުމުގެ ކުރިން އައިރީނާ ޝޭކް، ޗޭނީ ޖޯންސް އަދި ޖޫލިއާ ފޮކްސްއާ ޑޭޓްކުރި އެވެ. ކެންޑިސް ވަނީ އޭނާ އިންނަން އުޅުނު ހާމަން ނިކޮލައިއާ 2018 ވަނަ އަހަރު ވަކިވެފަ އެވެ.