ފިނިޕޭޖް

އެލެކްގެ ދެމަފިރިންނަށް ހަތްވަނަ ދަރިފުޅު ލިބިއްޖެ

އެލެކް ބޯލްޑްވިންއާއި އަނބިމީހާ ހިލޭރިއާ ބޯލްޑްވިންއަށް އަންހެން ދަރިފުޅެއް ލިބިއްޖެ އެވެ.

އިލާރިއާ ކެޓަލީނާ އައިރީނާ ބޯލްޑްވިންގެ ނަން ދީފައިވާ މި ކުއްޖާ އުފަންވީ މިމަހުގެ 22 ވަނަ ދުވަހު އެވެ. މިއީ މި ދެމަފިރިންގެ ހަތްވަނަ ދަރިފުޅެވެ.

ހިލޭރިއޭ ވަނީ އިންސްތަގްރާމްގައި ދަރިފުޅުގެ ފޮޓޯއާ އެކު މި ހަބަރު ޕޯސްޓްކޮށްފަ އެވެ. އަދި ހިލާރިއާގެ އެހެން ދަރިން ބޭބީއާ ގުޅުން ބަދަހިކުރާ ކަމަށްވެސް ލިޔެފައިވެ އެވެ.

މި ދެމަފިރިންގެ ކުދިން ތެރެއިން ހަވަނަ ކުއްޖަކީ ސަރޮގަސީ މެދުވެރިކޮށް ހޯދި ކުއްޖެކެވެ.

އެލެކް އާއި ހިލޭރިއާ ކައިވެނި ކުރީ 2012 ގައެވެ. އެލެކްގެ އުމުރުން 64 އަހަރުވީއިރު ހިލޭރިއާގެ އުމުރަކީ 38 އެކެވެ. މިއީ ހިލާރިއާގެ ފުރަތަމަ ކައިވެންޏެވެ.

އެލެކް ވަނީ މީގެ ކުރިން ފިލްމީ ތަރީ ކިމް ބޭސިންޖާއާ ކައިވެނިކޮށްފަ އެވެ. އެ ގުޅުމަށްވެސް އެއް ކުއްޖަކު ލިބިފައިވެ އެވެ. އެއީ އުމުރުން 26 އަހަރުގެ އަޔާލެންޑް ބޯލްޑްވިން އެވެ. އެލެކް އާއި ކިމްގެ ކައިވެނި ރޫޅި، ދެމީހުން ވަކިވެފައިވަނީ ވަރަށް ގިނަ މައްސަލަތަކަށްފަހު އެވެ.