ފިނިޕޭޖް

ކުއްލިއަކަށް މަރުވި ބައެއް ތަރިން

އެއްވެސް މީހަކު މަރުވުމަކީ އެ މީހެއްގެ ގާތް މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. މީހަކު މަރުވުމުން އެ ހިތްދަތިކަމުން އަރައިގަތުމަށް ގާތް މީހުންނަށް ވަގުތުތަކެއް ނަގަ އެވެ. އަހަރެމެން ގަޔާވާ މަޝްހޫރު މީހުން ކުއްލި ގޮތަކަށް މަރުވުމުން ބައެއް މީހުންނަށް އެފަދަ މަރުތަކާ މެދު ސުވާލު އުފެއްދެ އެވެ. ސަބަބަކީ ދުޅަހެޔޮކޮށް ހުރި މީހަކު ކުއްލިއަކަށް ވަކިވެ ދިއުމުންނެވެ. އެގޮތަށް ކުއްލިއަކަށް ވަކިވެގެން ދިޔަ ތަރިން ވަރަށް ގިނަ އެވެ. މިފަހަރު މިގެނެސްދެނީ އެކަމާ ގުޅޭ ލިސްޓެެވެ.

1
 

ޕޯލް ވޯކާ، 40 އަހަރު

"ފާސްޓް އެންޑް ދަ ފިއުރިއަސް" ފްރެންޗައިޒްގެ ޕޯލް ވޯކާ ނޮވެމްބަރު 30، 2013 ގައި އޭނާގެ ނޮން-ޕްރޮފިޓް އޯގަނައިޒޭޝަން -- ރީޗް އައުޓް ވާލްޑް ވައިޑްގެ ފަރާތުން ފިލިޕީންސްގެ ތޫފާނެއްގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ކެއުމާ ގުޅޭ ޝޯއެއް ބޭއްވި އެވެ.

ޕޯލް އޭނާގެ ރަހްމަތްތެރިޔާ ރޮޖާ ރޯޑާސްއާ އެކު ޕޯލްގެ ޕޯޝާ ކާރަށް އަރައި، ދުއްވާލިތާ އިރުކޮޅެއްގެ ތެރޭގައި ކާރު އެކްސިޑެންޓްވެ، އަލިފާން ރޯވެ، ދެ މީހުން މަރުވީ އެވެ.

2
 

ކޯބޭ ބްރާޔަންޓް، 41 އަހަރު

ކޯބޭ ބްރާޔަންޓަކީ އެމެރިކާގެ އެންބީއޭގެ އަލިގަދަ ތަރިއެކެވެ. ޖަނަވަރީ 2020 ގައި ކޯބޭ އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު ޖިއަނާ އާއި އިތުރު ހަތް މީހުން ދަތުރުކުރަނިކޮށް އެ ހެލިކޮޕްޓާގައި އަލިފާން ރޯވެ، ވެއްޓި އެންމެން މަރުވީއެވެ.

3
 

ކެލީ ޕްރެސްޓަން، 57 އަހަރު

ފިލްމީ ތަރި އަދި ޖޯން ޓްރެވޯލްޓާގެ އަންހެނުން ކެލީ ޕްރެސްޓަން މަރުވީ ދެ އަހަރު ވަންދެން ބްރެސްޓް ކެންސަރާ ހަނގުރާމަކުރުމަށްފަހުގަ އެވެ. ކެލީ ވަނީ ޖެރީ މެގުއާޔާ، ސްޕޭސްކޭމްޕް، ފޯ ދަ ލަވް އޮފް ދަ ގޭމް ފަދަ ފިލްމްތައް ކުޅެފަ އެވެ.

4
 

ޗެޑްވިކް ބޯޒްމަން، 41 އަހަރު

މާވެލްގެ "ބްލެކް ޕެންތާ"ގެ ރޯލް އަދާކުރި ޗެޑްވިކް ބޯޒްމަން، ސްޓޭޖް ތިނެއްގެ ކޮލޯން ކެންސަރާ ހަތަރު އަހަރު ދުވަހު ހަނގުރާމަކުރުމަށްފަހު އޮގަސްޓް 2020 ގައި މަރުވި އެވެ.

ޗެޑްވިކް، ވޭނުގައި ސާޖަރީތަކާއި ކީމޯ ތެރަޕީ ހޯދަމުން ދިޔަ އިރު، އެ ކަންތައްތައް ހާމަނުކޮށް އޭނާ ފިލްމްތަކުގެ ޝޫޓިންތައް ކުރިއަށް ގެންދިޔަ އެވެ.

5
 

ލޫކް ޕެރީ، 52 އަހަރު

ބެވަލީ ހިލްސް 910210 އަދި ރިވާޑޭލް ފަދަ ސީރީޒްކުޅުނު ލޫކް ޕެރީއަށް ބޮޑު ސްޓްރޯކެއް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަތާ ފަސް ދުވަސް ފަހުން މަރުވީ އެވެ. އޭނާ މަރުވިއިރު، އާއިލާއާއި ގާތްމީހުން ކައިރީގައި ތިއްބެވެ.

6
 

ނާޔާ ރިވޭރާ، 33 އަހަރު

ޖުލައި 8، 2020 ގައި "ގްލީ"ގެ ތަރި ނާޔާ ރިވޭރާ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ޖޯސީއާ އެކު ބޯޓެއްގައި ލޭކް ޕިރޫއަށް ދިޔަ އެވެ. ދެން އެހެން ބޯޓެއްގައި ދިޔަ މީހަކަށް ފެނުނީ ޖޯސީ ބޯޓުގައި ނިދާފައި އޮއްވަ އެވެ. ނާޔާ އެ ހިސާބުގައިވެސް ފެންނާކަށް ނެތެވެ.

ނާޔާ ހޯދަން މަސައްކަތްކުރި ނަމަވެސް ނުފެނުނެވެ. ވެންޓޫރާ ކައުންޓީ ޝެރިފް ޑިޕާޓްމަންޓަށް ނާޔާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ޖުލައި 13، 2020 ގައެވެ.

ފުލުހުންގެ ތަހުގީގުން ބެލެވޭ ގޮތުގައި ނާޔާގެ ބޯޓު އޮޔާ ދާތީ، އޭނާގެ ދަރިފުޅު ސަލާމަތްކުރަން މަސައްކަތް ކުރި ނަމަވެސް އޮއި ގަދަކަމުން އަމިއްލައަށް ސަލާމަތްވުމުގެ ވަރު ހަށިގަނޑުގައި ނެތުމުން މަރުވީ އެވެ. ޖޯސީ ބުނި ގޮތުގައި ނާޔާ ގެނބުމުގެ ކުރިން އެހީ އަށް އެދި ހަޅޭއްލަވާ ދެ އަތް ހޫރުވި އެވެ.

7
 

ސެލީނާ، 23 އަހަރު

ސެލީނާ ކުއިންޓަނިޔާ ޕެރޭޒްއަކީ ލެޓިން / ތެހާނޯ ލަވަކިޔުންތެރިއެކެވެ. އޭނާގެ ހަޔާތް ކުއްލި ގޮތަކަށް ހުއްޓިފައިވަނީ ޔޮލާންޑާ ސަލްޑިވާ، ސެލީނާ ގަޔަށް ބަޑި ޖަހައި މަރާލުމުންނެވެ. މިކަން ހިނގިއިރު، ސެލީނާ ވަނީ ޔޮލާންޑާ ސެލީނާގެ ފޭން ކްލަބްގެ ޕްރެޒިޑެންޓްގެ މަގާމުގައި ހުރެ، އެ ކްލަބުން ފައިސާ ވަގަށް ނަގާ ކަމަށް ތުހުމަތުކޮށްފަ އެވެ.

8
 

ކެމެރަން ބޮއިސް، 20 އަހަރު

ޑިޒްނީގެ "ޑިސެންޑަންޑްސް" ފިލްމްތަކުގައި ކްރުއެލާ ޑީވިލްގެ ދަރި ކާލޮސްގެ ރޯލް އަދާކުރި ކެމަރަން ބޮއިސް އަކީ ފިޓްޖެހޭ ތަރިއެކެވެ. އޭނާ ކުއްލިއަކަށް މަރުވީ ޖުލައި 6، 2019 ވަނަ ދުވަހު ނިދީގައި ފިޓްޖެހިގެންނެވެ.