ފައިސަލް ނަސީމް

ނައިބް ރައީސް މާލެ ވަޑައިގެންފި

Oct 9, 2022

ނައިބް ރައީސް ފައިސަލް ނަސީމު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެވަޑައިގެންފި އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވީ އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ.

މިރަށްރަށަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ހިޔާލު ހޯއްދަވާ މައުލޫމާތު އޮޅުންފިލުއްވި އެވެ. އަދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ހާލަތު ބައްލަަވައި މަޝްރޫއުތައް ހިނގަމުންދާ ގޮތް ވެސް ބައްލަވާލެއްވި އެވެ.

މީގެ އިތުރުން ނައިބް ރައީސްގެ މިދަތުރުފުޅުގައި ރ ވަންދޫ، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރެއްވި އެވެ. މިޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުންފިލުއްވި އެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވި އެވެ.