ހައްޖުގެ އަޅުކަން

މަހްރަމަކާ ނުލައި މިހާރު ހައްޖަށް ދެވޭނެ

ދިވެހިރާއްޖެ އިން ހައްޖަށް ދިޔަ އަންހެނުންތަކެއް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަޑުކޮށްލައިގެން -- ފޮޓޯ: އަވަސް
0%
0%
0%

ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ އަންހެނުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަހުރަމަކާއި ނުލައި ހައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ނިންމައިފި އެވެ.

ސައޫދީގެ ހައްޖާއި އުމުރާގެ ކަންކަމާ ބެހޭ ވަޒީރު ޑރ. ތައުފީގު އައްރަބީއާ ސައުދީގެ މި ނިންމުން ހާމަކުރެއްވީ މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސައޫދީ އެމްބަސީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ހައްޖާއި އުމުރާ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރާ އަންހެނުން މަހްރަމަކު ގެންދިއުން މިހާރު މަޖުބޫރު ނޫން ކަމަށެވެ.

ސައުދި އަރަބިއްޔާ އިން ކުރިން ވަރަށް ހަރުކަށިކޮށް ހިފަހައްޓަމުން އައި މަހްރަމުންގެ ސިޔާސަތަށް ބަދަލު ގެނައި ވަކި ސަބަބެއް އެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ.

މަހްރަމުންގެ ގޮތުގައި މީގެކުރިން ބަލައިގަންނަމުން ދިޔައީ ފިރިމީހާ، ބައްޕަ ނުވަތަ ދާއިމަށް ކައިވެނި ހަރާމް ފިރިހެނުންނެވެ.

ސައުދި އަރަބިއްޔާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ވިސާ ދޫކުުރުމުގައި ވެސް މިހާރު ލުއި ގޮތްތަކެއް ހަދައިދީފައިވާ ކަމަށް މިނިސްޓަރު ތައުފީގުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެ އެވެ. އެގޮތުން ކޮންމެ ކަހަލަ ވިސާއެއްގައި ސައުދީއަށް އެތެރެވި ނަމަވެސް މިހާރު އުމުރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ސައުދީ ސަރުކާރުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910