ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރު ޝަހީމު ސައުދީއަށް ވަޑައިގެންފި

0%
0%
0%

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ޝަހީމުގެ މިދަތުރުފުޅަކީ ސައުދީގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނީ ޑރ. ޝަހީމުގެ މިދަތުރުފުޅުގައި ރާއްޖެއާއި ސައުދީއާ ދެމެދު ކޮންމެ އަހަރަކުވެސް ގާއިމުކުރާ ހައްޖު އެއްބަސްވުމުގައި ސޮއިކުރުމާއި ދެ ގައުމުގެ ވަޒީރުން ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މިއަހަރުގެ ހައްޖު މައުރަޒުގައިވެސް ޝަހީމު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރު ޝަހީމު، ސައުދީއަށް ވަޑައިގަތީ މުސްލިމް ވޯލްޑް ލީގުގެ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910