ސައުދީ އަަރަބިއްޔާ

ސައުދީން އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާ އިން ދިވެހިރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ކަދުރު ހަދިޔާކޮށްދެއްވީ ރާއްޖެގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ އެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަވާ ސައުދި އަރަބިއްޔާ އެމްބަސީގެ އިސްވެރިންވެސް ބައިވެރިވި އެވެ.

ރޯދަ މަސް ފެށުމުގެ ކުރިންވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފަ އެވެ. އޭރު ރާއްޖެއަށް ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހުނީ 25 ޕެކެޓް ކަދުރެވެ.