އިސްލާމިކް މިނިސްޓްރީ

ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ޖުމްލަ 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި 55 ޓަނުގެ ތެރެއިން 50 ޓަނަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރެވެ. އަދި ފަސް ޓަނަކީ ސައުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް އަދި އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ސައުދީ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރި ކަދުރާ ހަވާލުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އިސްލާމިކް މިނިސްޓްރި

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގަ އެވެ. އަދި ސައުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުން އޮތީ އިސްލާމިކް މިނިސްޓްރީގަ އެވެ.

ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރެކް ބިން އަބްދުﷲ އަލް އަޖާލީން އަލްދައުސަރީ ބައިވެރިވެވަޑައިގެންނެވި އެވެ.

ރޯދަމަހާ ދިމާކޮށް ސައުދީން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910