ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ޝަހީމްގެ މި ދަތުރަކީ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސްގެ ނުވަ ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްލާމީ އުންމަތުގެ މުހިއްމު މައުލޫއުތަކަށް އިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ބައެއް ސެޝަންތައް ޗެއާކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޝަހީމްއާއެކު އިސްލާމިކް މިނިސްޓްރީގެ ވަފުދުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފުގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިހް އިމްތިޠާއު އައްބާސް ބައިވެރިވެވަޑައިގަންނަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910