ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހައްޖު އެއްބަސްވުމުގައި ސޮއިކުރަން ޝަހީމް ސައުދީއަށް ފުރާވަޑައިގެންފި

ޝަހީމް ސައުދީއަށް ފުރާވަޑައިގަތުމުގެ ކުރިން އެ މިނިސްޓްރީގެ އިސްވެރިންނާ އެކު ވީއައިއޭގައި
0%
0%
0%

ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުގެ ދައުވަތަކަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީއަށް ފުރާވަޑައިގެންފި އެވެ.

ޝަހީމްގެ މިދަތުރުފުޅަކީ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އަދި އުމްރާ ސާވިސް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ސައުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މިދަތުރުފުޅުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކާވެސް ޝަހީމްގެ މިދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910