ހައްޖުގެ އަޅުކަން

ހައްޖު ދުވަސް އަވަސްވެއްޖެ، ބޮޑު އީދު ފަށާނީ ޖޫން 16ގައި

ރާއްޖެއިން މިއަހަރު ހައްޖަށް ފުރި ބައެއް މީހުން -- ފޮޓޯ: އަވަސް
0%
0%
0%

މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދި އަރަބިއްޔާގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ކަލަންޑަރުގައި ކުރިން ހިމަނާފައިވާ ގޮތުން މިއަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އަދި ކަލަންޑަރުގައިވާ ގޮތުން ކުރިން އަރަފާތު ދުވަހަކީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ

ނަމަވެސް ސައުދީ ސަރުކާރުން މިރޭ ބުނީ މިއަހަރުގެ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާ ކަމަށެވެ. އެހެންވެ މާދަމާ އަކީ ހައްޖު ދުވަހުގެ ފުރަތަމަ ކަމަށާއި އަދި އަރަފާތު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. އަދި ބޮޑު އީދު ދުވަހަކީ މި މަހު 16 ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ގިނަ ބަޔަކު މިހާރު ތިބީވެސް ސައުދި އަރަބިއްޔާގަ އެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ފުރާ ފަހު ގުރޫޕް މާދަމާ ފުރާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345