މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމު ނޮވެމްބަރު 12ގައި

Oct 18, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުންދާ ނޫސްވެރިކަމުގެ އިނާމު އަންނަ ނޮވެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ "ނޫސްވެރިކަމުގެ އިނާމު" އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން މިއަހަރު އެވޯޑް ދިނުމަށް ނިންމާފައިވަނީ 12 ދާއިރާ އަކުންނެވެ.

މިއަހަރުގެ އެވޯޑަށް ހުޅުވާލުމުން 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެެމްސީ އިން ބުނެ އެވެ.

އިނާމު ދޭ ދާއިރާތައް

  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
  • ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ
  • ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
  • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • އެންމެ މޮޅު ފީޗާ
  • އެންމެ އުންމީދީ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

އެމްއެމްސީން 2015 ވަނަ އަހަރުން ފެށިގެން ދޭން ފެށި އެވޯޑް ހަފްލާ މީގެކުރިން ގިނައިން ބާއްވާފައިވަނީ މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އެ ދުވަހު އެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެވޯޑް ހަފްލާ ބާއްވަމުން ގެންދަނީ ނޮވެމްބަރު ނޫނީ ޑިސެމްބަރުގަ އެވެ.