މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމަށް ތިން ދާއިރާއެއް އިތުރުކުރަނީ

އަންނަ އަހަރުން ފެށިގެން އިތުރު ތިން ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމު ދިނުމަށް ނިންމައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިކަން އިއުލާން ކުރީ ނޫސްވެރިންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑަށް އަންނަ އަހަރުން ފެށިގެން އިތުރުކުރާ އެވޯޑް ތަކަކީ ސްޓޫޑަންޓް ޖާނަލިޒަމް، ކޮމިއުނިޓީ ނޫސް އަދި ހާއްސަ ކަވަރޭޖް ދާއިރާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ނޫސްވެރިންނަށް އެމީހުންގެ މަސައްކަތްތަކުގައި ދިމާވާ ގާނޫނީ މައްސަލަތައް ހައްލުކޮށްދިނުމަށްޓަކައި ހިލޭ ގާނޫނީ އެހީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނު ލިބޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓާންޝިޕް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ އިނާމު މިއަހަރު ދިން ދާއިރާތައް

  • ތަހުގީގީ ނޫސްވެރިކަން
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • އިޖުތިމާއީ ދާއިރާ
  • ވިޔަފާރި އާއި އިގްތިސާދީ ދާއިރާ
  • ފޮޓޯ ޖާނަލިޒް ދާއިރާ
  • ވީޑިއޯ ޖާނަލިޒަމް ދާއިރާ
  • އުއްމީދީ ނޫސްވެރިޔާ
  • ފީޗަ ރިޕޯޓު ލިޔުން
  • ކުޅިވަރު ދާއިރާ
  • ސިޔާސީ ދާްއިރާ

މި ޖަލްސާގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހުކޮށް ވަނަތައް ހޯދި ނޫސްވެރިންނަށް އެވޯޑް ދީފަ އެވެ. މިޖަލްސާ ޝަރަފްވެރޮކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ.