ކޭތަ

މިއަދު ހަނދުކޭތަ ހިފަނީ

"ބްލަޑް މޫން"ގެ ނަމުން ނަންދީފައިވާ ހަނދުކޭތަ މިއަދު ރާއްޖެއަށް ފެންނާނެކަމުގައި ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެ ކޭތަ ރާއްޖެއަށް ނުފެންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަލަކީ ކޮމިޓީން ނިންމާފައިވާ ގޮތުގައި މިއަދު ރާއްޖެއަށް ހަނދު އަރާއިރު ބުލަޑް މޫން ހަނދުކޭތަ ވާނީ ވީއްލިފައި ކަމަށެވެ.

"އެހެންކަމުން ރާއްޖޭގައި ކޭތަ ނަމާދު ކުރުމެއް ނޯންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ދެން ހަނދުކޭތައެއް ހިފާނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މިރޭގެ ބޮޑު ހަނދުކޭތަ އޭޝިއާ، އޮސްޓްރޭލިއާ، އުތުރު އެމެރިކާ، އުތުރާއި އިރުމަތީ ޔޫރަޕްގެ ބައެއް ސަރަހައްދުތަކާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ފެންނާނެ އެވެ.