ކޭތަ

ކޭތަ ނަމާދުކުރުން މާދަމާ ހެނދުނު 10:30 ގައި

މާދަމާ ހިފާ އިރު ކޭތައާއި ގުޅިގެން މާދަމާ ހެނދުނު 10:30 ގައި މާލެ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ހިފާ އިރުކޭތައާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ ހެދުނު 10:30 ގައެވެ.

މާދަމާ ހިފާ އިރުކޭތަ ހިފަން ފަށާނީ 9:31 ހާއިރުއެވެ. އެންމެ ރަނގަޅަށް ހިފާފައި ހުންނާނީ 10:51 ގައެވެ. އިރުކޭތަ ވީއްލާނެ ކަމަށް ބެލެވެނީ 12:14 ގައެވެ. މާދަމާގެ ކޭތަ ރާއްޖެއަށްވެސް ރީއްޗަށް ފެންނާނެއެވެ.