ކޭތަ

ހުކުރު ދުވަހުގެ ރޭ ހަނދުކޭތަ އެއް

މާދަމާ ރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ ހަނދުކޭތަ ހިފަން ފަށާނީ މާދަމާ ރޭ 22:45 ގައި ކަމަށާ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ 00:24 ގައި ކަމަށެވެ. ހަނދުކޭތަ ވީއްލާނީ 02:04 ގައެވެ.

މިއީ ފަނޑުހިޔަނީގެ ކޭތައަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށެވެ.

މި ކޭތައާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 00:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލްތަކަށް އަންގާފައެވެ.