އަލްހާން ފަހުމީ

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް އަލްހާން ހާޒިރުވާން އަންގައިފި

އެމްޑީޕީގެ ފިޔަވަޅުއަަޅައި ކޮމިޓީއަށް ހާޒިރުވާން އަންގައިފަވާ ކަމަށާއި އެޕާޓީއިން އެގޮތަށް އެންގީ 2108 ވަނަ އަހަރު ޕްރައިމެރީގައި ވާދަ ކުރަން އުޅޭތީ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ 2014 ވަނަ އަހަރު ބޭއްވުން ރައްޔިތުން މަޖުލީހުގެ އިންތިހާބުގައި އެމްޑީޕީގެ އަސާސީ ގަވައިދާއި އިންތިހާބާއި ބެހޭ ގަވައިދަށް ހިލާފުވި މައްސަލާގައި ފިޔަވަޅުއަޅައި ކޮމިޓީއަށް ޖަވާބުދާރީ ވުމަށް ހާޒިރުވާން ބުނެއް އެމްޑީޕީ އިން އަލްހާން އަށް ފޮނުވި ސިޓީއަކާއި ގުޅިގެނެވެ.

އެކަމާއި ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ މަޖުލީހުގެ އިންތިހާބުގެ ގަވައިދާ ހިލާފުވި ކަމަށް ބުނެ މީގެ ކުރިން ވެސް ނައިބު ރައީސް ކަމަށް ކުރި މަތިލެއްވީމައި ނަން ޑިސްކޮލިފައިކޮށްލި ކަމަށާއި ނަމަވެސް އެޕާޓީ އިން މަސައްކަތް ކުރަނީ އަނެއްކާވެސް އެމައްސަލަ މައްސަލަބަލައި ކޮމިޓީއަށް ވައްދައިގެން 2018 ވަނަ އަހަރުގެ ޕްރައިމެރީގައި ކުރިމަތި ލުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.

"އެމްޑީޕީ އިން އުޅެނީ އަޅުގަނޑު އެޕާޓީގެ ރިޔާސީ ޕްރިއިމެރީގައި ވާދަ ކުރަން އުޅޭކަން އިއުލާން ކުރުމުން އަނެއްކާ ވެސް އެމައްސަލަ ވައްދައި ކުރިމަތި ނުލެވޭ ގޮތަށް ހަދަން. މިއީ އެމްޑީޕީގެ ޑިމޮކްރަސީ އޮތް މިންވަރު. ޔާމިން ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތި ލާން ފުރުސަތު ނުދީގެން އުޅޭވާހަކަ އެމްޑީޕީ އިން ދައްކާ އިރު މިހުރީ އެޕާޓީ ތެރޭގެ ހާލަތު އޮތް ގޮތް،" އަލހާން ވިދާޅުވި އެވެ.