ހަބަރު

މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ދޫކުރަން ފަށައިފި

Jan 19, 2016

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާތައް ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އޯލެވެލްގެ ނަތީޖާތައް އޮންލައިންކޮށް މިއަދު ފޮނުއްވާފައިވާ ކަމަށާއި، އިމްތިހާނު ހެދި މަރުކަޒުތަކުން ދަރިވަރުންނަށް މިއަދުން ފެށިގެން ނަތީޖާ ލިބެން ހުންނާނެ ކަމަށެވެ.

މިދިޔަ އަހަރު 192 ސްކޫލަކުންނާއި އަމިއްލަ 47 މަރުކަޒަކުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ. މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 7066 ދަރިވަރަކު އިމްތިހާނު ހެދި އެވެ.