މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފި އެެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އެކަންޏެވެ.

އެމްއެންޕީން ގެންދަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް މުޅި ރާއްޖެއަށް އެމްއެންޕީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ -- އެމްއެންޕީއަށް 10،000 މެންބަރުން ހަމަކުރެވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.

އެމްއެންޕީން މި މަހު ވަނީ އެ ޕާޓީ އަކީ އިދިކޮޅު ޕާޓީއެއް ކަމަށް ރަސްމީކޮށް އިއުލާންކޮށްފަ އެވެ.