ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީ ލިބޭ ޖަމިއްޔާތައް ހޮވައިފި

Dec 3, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްމޯލް ގްރާންޓް ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.

މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު ހަރަކާތްތަކުގެ ތެރެއިން ތައާރަފް ކުރި ޕްރޮޖެކްޓެކެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލެވުނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ.

މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ އެވެ.

ގްރާންޓަށް ހޮވުނު ޖަމިއްޔާތައް

  • މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (އެމްއޯޕީއޭ)
  • ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
  • ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ)
  • ކުމުންދޫ ރިވައިވަލް އިނީޝިއޭޓިވް (ކުރެވި)
  • ވިމެން އިން ފުވައްމުލައް
  • ސްމޯލް އައިލެންޑް ރިސާރޗް ގްރޫޕް
  • ހުވަދޫ އެއިޑް
  • ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބޭންކުން ވަނީ ވަރަށް ގިނަ ބޭނުންތެރި ހަރަކާތްތައް ހިންގާފަ އެވެ. އެގޮތުން ރަށްރަށުގެ އިޖުތިމާއީ ތަރައްގީއަށް އެހީވުމުގެ ޕްރޮގްރާމުތަކާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގުނު ޕްރޮގްރާމުތަކާއި އަދި ތައާރަފްކުރެވުނު ބައެއް ސްކޮލާޝިޕްތައް ވެސް ހިމެނެ އެވެ.