ހަބަރު

މަޖިލިސް މެންބަރު ޝަހުދީ ޕީޕީއެމްއަށް ސޮއިކޮށްފި

Jan 21, 2016
2

ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ ޕީޕީއެމްއަށް މިރޭ ސޮއި ކުރައްވައިފި އެވެ. އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފަ އެވެ.

މެންބަރު ޝަހުދީ ޕީޕީއެމްއަށް ސޮއި ކުރެއްވީ، މިރޭ ކާނިވަލްގައި ޕީޕީއެމް އިން ބާއްވާ، "އުންމީދީ 16" ޖަލްސާގަ އެވެ. ޝަހުދީ ވަނީ ސޮއިކޮށްފައިވާ ފޯމް ޕާޓީގެ ރައީސް މައުމޫންއަށް ހަވާލުކޮށްދެއްވައިފަ އެވެ. އެއާ އެކު ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ އަދަދު 47 އަށް އެރީ އެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުގެ އަދަދު އަށަކަށް ކުޑަވެގެން ދާނެ އެވެ. 

މިރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕީޕީއެމްއަށް ވަނީ އާ މެންބަރުން ސޮއިކޮށް ފޯމްތައް ހަވާލުކޮށްފަ އެވެ. ފޯމްތަކާ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ މައުމޫން އަބްދުލްގައްޔޫމް އެވެ. ޕީޕީއެމްއިން ބުނަނީ އެޕާޓީގެ 60،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށެވެ. އިލެކްޝަންސްގެ ވެބްސައިޓްގައިވާ ގޮތުގައި ޕާޓީގެ ތިބީ 34،000 އެއްހާ މެންބަރުންނެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ޕާޓީގެ އެތެރޭގެ ގުޅުން ވަރުގަދަކޮށް ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަކުރާނެ ކަމަށެވެ.