ޓޫރިޒަމް

އިތުރުގަޑީގެ ފައިސާ ނުދޭ 49 ރިސޯޓު

ރިސޯޓު މުވައްޒަފުން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
0%
0%
0%

އިތުރުގަޑީގައި މަސައްކަތް ކުރުވާފައި ފައިސާ ނުދޭ 49 ރިސޯޓެއް ހިމެނޭ ލިސްޓެއް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އެކުލަވާލައިފި އެވެ.

ޓީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގު ހޯދައިދިނުމަށް އެކުލަވާލާފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ.

އިތުރު ގަޑީގެ ފައިސާ ނުދޭ 49 ރިސޯޓު ހިމެނޭ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ރިސޯޓުތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި ބައެއް ރިސޯޓުތަކަކީ ދައުލަތަށް ޓެކްސް ނުދައްކާ ލިސްޓުގައިވެސް ހިމެނޭ ރިސޯޓުތަކެކެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި ލިސްޓު މިހާރު ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވާފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ މުވައްޒަފުގެ މުސާރައިން ގަޑިއަށް ޖެހޭ މިންވަރުގެ މަދުވެގެން ހަތަރުބައިކުޅަ އެއްބައަށްވާ ފައިސާ ދޭންޖެހެ އެވެ.

މަސައްކަތްކުރުވީ ހުކުރު ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ އެ މުވައްޒަފެއްގެ މުސާރައިން ގަޑިއަށްޖެހޭ މިންވަރުގެ މަދުވެގެން ދެބައިކުޅަ އެއްބައަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދޭންޖެހޭނެ އެވެ.

ރާއްޖޭގައި މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގަމުންދާއިރު މުވައްޒަފުންނަށް މުސާރަ ދިނުމާއި އިތުރު އިނާޔަތްތައް ދިނުމުގައި އޮޅުވާލާ ކަމަށް ބުނާ މައްސަލަތައް ދޭތެރެއަކުން ކޮންމެވެސް ރިސޯޓަކުން ފެންމަތިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޥަޒީފާއަދާކުރާމީހާ

ފުރަތަމަ ސިވިލްސާވިސްއަށް އަދަބުދީ އޭގެފަހުން އެހެން ބަޔަކާ ކުޅެން ވިސްނިއްޔާ ރަނގަޅުވާނެ

ކިޔާ މީހާ

ކޮބާ ލިސްޓް؟

ޔައިގޫބް

އިތުރުގަޑީގަ ފައިސާ ދޭން އެއްބަސްވެ ފައިސާނުދޭމީހުންގެ ލައިސަންސް ހިފަހައްޓާ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345