އެސްޓީއޯ

ފުވައްމުލަކުގައި އެސްޓީއޯގެ ބޮޑު ސޭލެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޏ. ފުވައްމުލަކުގައި ވެއާހައުސް ސޭލެއް ފަށައިފި އެވެ.

އިއްޔެ ފަށާފައިވާ މި ސޭލް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ އެސްޓީއޯގެ މިއަހަރުގެ އެންމެ ބޮޑު ސޭލެވެ.

މި ސޭލް ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ފުވައްމުލަކު އެޑިޔުކޭޝަން ސެންޓަރުގައެވެ.

އެސްޓީއޯގެ ފުވައްމުލަކު ވެއާހައުސް ސޭލް އިއްޔެ ރަސްމީކޮށް ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.

އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ގޭތެރޭގެ ސާމާނާއި އަދި ބަދިގެއަށް ބޭނުންވާ ތަކެތި ޑިސްކައުންޓްތަަކާކާ އެކު ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ސޭލްގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 20 ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ނިންމާފައިވެ އެވެ.

ޑިސްކައުންޓު ލިބޭ ތަކެތީގެ ތެރޭގައި އެސްޓީއޯއިން އަލަށް ތައާރަފް ކުރި، ބަދިގެއަށް ހާއްސަ ބްރޭންޑް "ރުސެލް ހޮބްސް" އަދި ބިއުޓީ ބައިޓަޗްސް ޕާސަނަލް ކެއާއަށް ހާއްސަ "ރެމިންޓަން" ބްރޭންޑްގެ އުފެއްދުންތައް ހިމެނެ އެވެ.

ރުސެލް ހޮބްސް ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ޖަގް، އަވަން، މައިކްރޮވޭވް، ޓޯސްޓާ ހިމެނޭއިރު "ރެމިންޓަން" ބްރޭންޑު ހާއްސަ ވަނީ ހެއާ ޑްރަޔާ، ހެއާ ސްޓްރެއިޓްނާ، ޓްރިމަރު ފަދަ އުފެއްދުންތަކަށެވެ.

މި ސޭލުގައި އެސްޓީއޯގެ ބައެއް އުފެއްދުންތަކުގެ ރަހަ ހިލޭ ބަލައިލެވޭނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.