ޓޫރިޒަމް

އޯގާ އާޓް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

Jan 3, 2023

ރާއްޖޭގައި ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ އޯގާ އާޓް ރިސޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ އޯގާ ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި 45 މިނެޓް ދަތުުރުކޮށްފައި ދެވޭހާ ދުރުމިނުމުގައި އޮންނަ ރިސޯޓެކެވެ.

ކުޑަ ރިސޯޓެއްގެ ގޮތުގައި ފާހަގަކުރެވޭ ބީޗް އަދި ވޯޓާ ވިލާ ހިމެނޭ ގޮތަށް ޖުމްލަ 60 ވިލާ ހަދާފައިވެ އެވެ.

ދުނިޔޭގެ އެކި ވައްތަރުގެ ކެއުންތައް ތަޖުރިބާކޮށްލުމަށް ހަތަރު ރެސްޓޯރަންޓެއްގެ ހިދުމަތްދެ އެވެ.

އޯގާ އާޓް ރިސޯޓުގައި ތަފާތު އެކި ދާއިރާތަކުގައި ފާހަގަކުރެވޭ ހުނަރުވެރިންގެ ފަންނު އަދި ތަޖުރިބާ ހިއްސާކުރަން ވަރަށް ބޮޑަށް ފުރުސަތު ދީފައިވެ އެވެ.

ރާއްޖޭގައި މިއަހަރު ރަސްމީކޮށް ހުޅުވި ފުރަތަމަ ރިސޯޓަށް އޯގާ އާޓް ރިސޯޓު ވެގެންދިޔައިރު މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ރިސޯޓުތަކެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.