ލިއުމިއާ

އަވަސް ޑެލިވަރީއާއި އެކު ލިއުމިއާ އޮންލައިން ވިޔަފާރީގެ އެންމެ ކުރިއަށް

Jan 21, 2023
1

އިތުބާރާއި ޔަގީންކަމާއި އެކު ކޮލެޓީ ޕްރޮޑަކްޓްތައް ގަންނަން ބޭނުން ހެއްޔެވެ. އަވަހަށް މާވެޔޮ މަގުގައި ހުންނަ ލިއުމިއާ ފިހާރައަށް ވަޑައިގަންނަވާށެވެ. ނުވަތަ ލިއުމިއާގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި ވެބްސައިޓުން, ފަސޭހަކަމާއި އެކު ގޭގައި ތިއްބަވައިގެން ގެއަށް އޯޑަރު ކޮށްލާށެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޖެނުއަރީ 11, 2021 ގައި ފޭސްބުކް ޕޭޖެއްގެ ގޮތުގައި ފެށި ލިއުމިއާ ބޮޑުވެ, ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ފިހާރަ އަކަށް ބަދަލުވުމަކީ ވެސް ލިއުމިއާ އިން ވިއްކާ އެއްޗެހީގެ ކޮލެޓީ އާއި އެކު ކަސްޓަމަރުންގެ އިތުބާރު ލިބިގެން ދިޔަ ކަމުގެ ހެއްކެކެވެ.

އެތައް ހާސް ބަޔަކާއި އެކު ސޯޝަލް މީޑިއާގައި ލިއުމިއާގެ ޕޭޖުތައް މަގުބޫލުވެ ވިޔަފާރި ފުޅާވެގެން ދިޔައިރު އެއީ މާބޮޑު ކެޕިޓަލެއް ނެތި, ކަނބަލަކު އިސްވެ ފެށި ވިޔަފާރި އެކެވެ.

އެކަމަކު މިހާރު ލިއުމިއާގެ އަމިއްލަ ބެޑްޝީޓާއި, ކުއިލްޓާއި, މެޓްރެސް އާއި ޕިލޯ ޕްރޮޓެކްޓާސް ވަނީ މާކެޓުގައި މަގުބޫލުކަން ހޯދައިފަ އެވެ.

ބެޑިން ރިލޭޓެޑް ޕްރޮޑަކްޓްތަކުގެ އިތުރުން ބަދިގޭ ސާމާނާއި, ފިޓްނަސް އެކްސެސަރީސް އާއި އަންނައުނުގެ އިތުރުން ކޮސްމެޓިކްސް އަދި އަތުކުރީ ގަޑި އާއި ކުޑަކުދިންގެ ސާމާނު ވިއްކަ އެވެ. އޭގެ އިތުރުން ތަފާތު މުނާސަބަތުތަކަށް ބޭނުންވާ ގިފްޓް ޕެކްސް ވެސް ލިއުމިއާ އިން ވިއްކަ އެވެ.

މާވެޔޮ މަގުގައި ހުންނަ ލިއުމިއާ

ކާމިޔާބުކަމާއި އެކު ވިޔަފާރި ފުޅާކުރަމުން އަންނަ ލިއުމިއާގެ ފޭސްބުކްގައި އެކަނި ވެސް 40 ހަކަށް ހާސް ކަަސްޓަމަރުން ފޮލޯ ކުރާކަން އަންގައިދެނީ ލިއުމިއާގެ ޕްރޮޑަކްޓްތަކަށް ކަސްޓަމަރުންގެ އޮތް އިތުބާރާއި ޔަގީން ކަމެވެ.

އެގޮތުން އާންމުކޮށް ނުލިބޭފަދަ ކޮލެޓީ ގިނަ ޕްރޮޑަކްޓް ތަކެއް ހެޔޮ އަގުގައި ލިއުމިއާ އިން ލިބެން ހުރި އިރު, އިތުރު ޕްރޮޑަކްޓްތައް ވެސް އަންނަނީ ތައާރަފް ކުރަމުންނެވެ.

ލިއުމިއާގެ އަމާޒަކީ ވީހާވެސް ގާތުން ކަސްޓަމަރުންންށް ހިދުމަތް ދިނުމެވެ. އިތުބާރާއި ޔަގީންކަމާއި އެކު ކޮލެޓީ ޕްރޮޑަކްޓްތައް ޖީބަށް ލުއިކޮށް ފޯރުކޮށްދިނުމެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ހިދުމަތް ރަނގަޅުކޮށް, ޕްރޮޑަކްޓް ރޭންޖެ އިތުރު ކުރުމެވެ.