ރައީސް މުހައްމަދު ނަޝީދު

ޔާމިނާ ހުރިހާ ކަމެއް އެއްގޮތެކޭ ނުބުނަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު މިއަދު މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އަވަސް
100%
0%
0%

އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިފާނާއި ހުރިހާ ކަމެއް އެއްގޮތް ކަމަށް ދަންނަވާފައި ނުވާނެ ކަމަށާއި، އެމްޑީޕީއާއި ޕީޕީއެމްގެ މެނިފެސްޓޯގައި ބައެއް ތަފާތުތައް ހުރި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބައެއް ކަންކަން މާނަކުރުމުގައި އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީއާއި ހިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމްގެ މެނިފެސްޓޯ ކިޔައިފިން މިހާރު. ގައުމިއްޔަތު ބަޔާންކުރާ ގޮތްތައް. އެއީ އެމްޑީޕީއާ ޕީޕީއެމްއާ ތަފާތެއް އަންނަ ތަނެއް. ދިވެހިރާއްޖޭގެ ގައުމިއްޔަތަކީ ކޮބައިތޯ، ގައުމީ ރޫހަކީ ކޮބައިތޯ މިކަން ކަމާ ގުޅޭގޮތުން ފުށުއަރާ ކަންތައްތަކެއް ހުރޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ހިންގާފައި ހުރި "އަންޑިމޮކްރެޓިކް" ކަންކަމަކީ ވަރަށް ދެރަ ކަންތައްތަކެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ކުރީގެ ރައީސް ޔާމީނާއި ހުރިހާ ކަމެއް އެއްގޮތް ކަމުގައި ދަންނަވާފައި ނުވާނެ ކަމަށާއި އެއީ ގާތް ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާފަ ހުރި އަންޑިމޮކްރެޓިކް ކަންކަން އެއީ ވަރަށް ދެރަ ކަމެއް. ވަރަށް ގޯސް ކަމެއް. އަޅުގަނޑު ނުދަންނަވަން ހުރިހާ ކަމެއް އެއްގޮތް ކަމަކަށެއް. އަޅުގަނޑު އުއްމީދުކުރަން އެއީ އެއްވެސް ބޭފުޅަކު މިހާރު ދާން ބޭނުންވާނެ ދިމާލެއް ނޫން ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަވަސް

މީގެ އިތުރުން ނަޝީދު ވިދާޅުވީ އަބަދުވެސް ސިޔާސީ މަސައްކަތް ކުރައްވާނީ ހަމައެކަނި އެމްޑީޕީއާއި އެކުގައި ކަމަށެވެ. އެކަމަކު އެހެން ބޭފުޅަކާ އެކީ އެމަނިކުފާނު ސިޔާސީ މަސައްކަތެއް ކުރައްވަފާނެތީ ބައެއް ބޭފުޅުން ކަންބޮޑުވާ ކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުންނާ އެކު އެމަނިކުފާނު އަބަދުވެސް މަޝްވަރާކުރައްވާ ކަމަށެވެ. އަދި އެމަޝްވަރާތައް ހިނގާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑިއާ އާއި މެދު އިދިކޮޅު ޕީޕީއެމް އިން ދެކޭ ގޮތާއި އަމަލުތައް ބަހައްޓާ ގޮތަކީ އެމަނިކުފާނާއި އެ ޕާޓީއާއި ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވުން ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ރައީސް ޔާމީނަށް ތައުރީފުކުރައްވައި އެއީ ވިޝަނަރީ ބޭފުޅެއް ކަމަށް ވެސް އެ ދުވަހު ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު، ރައީސް ޔާމިން އާއި ޕީޕީއެމްއާއިއެކު ކޯލިޝަނެއް ހަދާފާނެ ކަމުގެ ބިރު ހީވާ ކަމަށް ޑިފެންސް މިނިސްޓަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ޕަރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން ރައީސް ސޯލިހާއި ނަޝީދު ވެސް އަންނަނީ ފޯރީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކުރުކޮށް

ނަށީދު ގައުމިއްޔަތު ބިނާކުރަން ދިމާކޮށްފަ ހުރި ގޮތަކީ ހިލަތްތެރި ގޮތެއްގފަ އަނެއް ދިވެހިރާއްޖެއަށް މީހުން ލެންބުން އަނެއް ދިވެހިރާއްޖޭގަ މީހުން އުޅޭނީ އުޅެނި ގޮތަކަށް އެހެންވީމަ އަހަރެމެން އަނެއް ދިވެހިރާއްޖެ ބޭނުމެއް ނޫން އަހަރެމެން ތިބޭނީ އަހަރެމެން މިހަރުވެސް މިތިބަ ދިވެހިރާއްޖޭގަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345