ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމަށް ސިޔާމް

Feb 3, 2023
އަހްމަދު ސިޔާމު މުހައްމަދަށް ދިވެހި ސަރުކާރުން ލިޔުން ހަވާލުކުރަނީ
0%
0%
0%

ރުމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

ސިޔާމު މި މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

ސިޔާމު ހުންނެވި މަގާމު ދިވެހި ސަރުކާރުން ގަބޫލުކޮށް، އިއްޔެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސިޔާމަށް ލިޔުން ދެއްވާފަ އެެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ސިޔާމުގެ މަގާމުގެ މުއްދަތުގެ ތެރޭގައި ރުމޭނިއާ އާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރަމްޒީ މަގާމެއް ކަމުގައިވާ އޮނަރަރީ ކޮންސުލްގެ މަގާމުތަކަށް އާންމުކޮށް ބޭފުޅުން އައްޔަންކުރަނީ އެ ބޭފުޅަކު އާންމުކޮށް ދިރިއުޅުއްވާ އަދި ނިސްބަތްވާ ގައުމަކުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަހްމަދު ސިޔާމު ވަނީ މިދިޔަ އަންގާރަ ދުވަހު ބައްދަލުވެސް ކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުމުގެ މައުލޫމާތު އެއްވެސް ބޭފުޅަކު ހާމަކުރައްވާފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910