ޑރ. މުހައްމަދު މުއިއްޒު

މައުމޫނާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން މިއަދު މެންދުރުފަހު ކުރިއަށް ދިޔައީ ރައީސް އޮފީހުގަ އެވެ. ނަމަވެސް މި ބައްދަލުކުރެއްވުމާ ގުޅޭ ތަފްސީލް ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.

މިއީ ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ރައީސް މައުމޫނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެެވެ.

ރައީސް މައުމޫންގެ ހަގު ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނަކީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910