ރަންދިހަފަހެއް

އާ ނޫޓުގެ ދެ މިލިއަން ގަނޑު ދޫކޮށްފި

Jan 28, 2016
  • 527 މިލިއަން ރުފިޔާ ދޫކޮށްފި
  • ގިނަ ބަޔަކު ދަނީ ފައިސާ ބަދަލު ކުރަމުން

ރަންދިހަ ފަހެއްގެ އާ ނޫޓުގެ ދެ މިލިއަންގަނޑު ނެރެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މެނޭޖަރު މީޑިއާ އެންޑް ކޮމިއުނިކޭޝަން އަހުމަދު ފަޒާލް ހުސެއިން ވިދާޅުވީ ބުދަ ދުވަހުގެ ނިޔަލަށް ދެ މިލިއަން ނޫޓު، 527 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކާއި ރާއްޖޭގެ ބޭންކްތަކުން ދަނީ އަލަށް ނެރުނު ނޫޓު ބަދަލުކޮށްދެމުންނެވެ.

މިނިވަން 50 އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.