އެމްއެމްއޭ

20 ރުފިޔާ ޗާޕު ކޮށްގެން ގެނެސްފި

Oct 14, 2021
ރަންދިހަފަހެއް ނޫޓްތައް ދައްކާލަނީ -- އަވަސް ފޮޓޯ
0%
0%
0%

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުގައި ހިމެނޭ 20 ރުފިޔާގެ ނޫޓު ސްޓޮކް މަދުވުމުގެ ސަބަބުން ޗާޕު ކޮށްގެން ގެނެސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕު ކޮށްގެން ރާއްޖެ ގެނެސް، ދައުލަތުގެ ހަޒާނާގައި ވަނީ ރައްކާކޮށްފަ އެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ.

ރާއްޖޭގެ މިނިވަންކަމަށް ބައި ގަރުނު ފާހަގަ ކުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެރުނު ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓާއި 500 ރުފިޔާ އާއި 100 ރުފިޔާ އަދި 50 ރުފިޔާގެ އިތުރުން 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓު ތަކެކެވެ. މި ނޫޓްތައް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނޫޓުތަކެކޭ އެއްގޮތަށް ޕޮލީމާ މެޓީރިއަލް އިންނެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345