މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރޯދަ މަހު ފިހާރަތަކާއި ކެފޭތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އާންމު ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓު ފަދަ ތަންތަނުން ހިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މާދަމާ އިން ފެށިގެން ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ.

ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކަނޑައެޅި ވަގުތުތަކަށް އިސްކަންދީގެން އެގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.