ރަޝިޔާ

"އައިސީސީގެ އަމުރުގައި ޕޫޓިންގެ ބަދަލުގައި އެހެން ނަމެއް"

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހުކުރު ދުވަހު، ރަޝީއާގެ ރައީސް ލަޑިމިއާ ޕޫޓިން ހައްޔަރުކުރަން ނެރުނު އަމުރުގައި -- ޕޫޓިންގެ ބަދަލުގައި ހަގީގަތުގައި އޮންނަން ޖެހޭނީ އެހެން މީހެއްގެ ނަން ކަމަށް -- ވޮޝިންގްޓަނުގައި ހުންނަ ރަޝިއާގެ އެމްބަސީން ބުނެފި އެވެ.

ޕޫޓިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ ހަނގުރާމާގައި އިންސާނުން ގަތުލުކޮށް މަރައި އަދި މިފަދައިން ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާފައި ވަތީ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ޕޫޓިންއާ އެކު ރަޝިއާގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަންގެ ވެރިޔާ، މާރިއާ ލޯވާ ބެލޯވާ ހައްޔަރުކުރަންވެސް އައިސީސީން ވަނީ އަމުރު ނެރެފަ އެވެ.

މާރިއާ ހައްޔަރުކުރަން އަމުރު ނެރުނީ ޔުކްރޭންގެ އެތައް ހާސް ކުޑަކުދިން އެ ކުދިންގެ ބެލެނިވެރިންނަށް ނާންގައި ގަދަބާރުން ރަޝިއާއަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.

އައިސީސީން ނެރުނު އަމުރު އޮޅުންފިލުވައި ދެއްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސީރިއަސް ވާހަކަތަކެއް ދައްކަވާފަ އެވެ. އެ ވާހަކަތަކުން ދޭހަވަނީ އައިސީސީއަށް އެމެރިކާގެ ނުފޫޒު ވަދެފައި އޮތް ވަރެވެ.

ބައިޑަން ސަބަބު ދައްކަވައި ވިދާޅުވީ ޕޫޓިން ހައްޔަރުކުރަން ޖެހެނީ އެހްނެވެ މިހެންވެ ކަމަށެވެ. އަދީ މާރިއާ އަކީ ކޮންމެ ގޮތަކުން ނަމަވެސް ހައްޔަރުކުރަން ޖެހޭ މީހެއް ކަމަށެވެ.

ރަޝިއާގެ އެމްބަސީން ނެރުނު ބަޔާނުގައި އެމެރިކާއަށް ހަނދާކޮށްދީފައިވަނީ އެމެރިކާ ސިފައިން އިރާގުގައި ހިންގި ޖަރީމާތަކެވެ. އަރަބި މުސްލިމު ގައުމުތަކަށް އެމެރިކާ ސިފައިން ފޮނުވައި -- އަފްޣާނިސްތާނާއި ލީބިޔާގައި އެމެރިކާ ސިފައިން ހިނގި ޖަރީމާތަކުގެ ވާހަކަ އެވެ.

ޔޫގޮސްލޭވިއާ އާއި ވިއެޓްނާމްގައި އެމެރިކާ ސިފައިން ހިންގި ލާއިންސާނީ އަމަލުތައް ހަނދާން ނުނެތޭ އެތައް ބަޔަކު ތިބިކަން އެމެރިކާގެ ހަނދާނުގައި ނެތީތޯ ބަޔާނުގައި ސުވާލުކޮށްފައި ވެއެވެ.

އަފްޣާނިސްތާންގައި އެމެރިކާ ސިފައިން ހިންގި ގަތުލުއާންމު ތަހުގީގުކޮށް ބަލާނެ ކޯޓެއް ދުނިޔޭގައި ނެތްކަން ބަޔާނުގައި ބުނެފައި ވެއެވެ.

އެމެރިކާ ސިފައިން ހިންގާފައި ހުރި ޖަރީމާތަކުގެ ވާހަކަ ނޫހެއްގައި ޖަހައިފި ނަމަ އެ ނޫހެއް ބަންދުކޮށް އެޑިޓަރުގެ ފޫކޮޅުން ހަންނެގުމާއި އެ ބަޔަކާ ދެކޮޅަށް ދަތިކުރުމަކީ އެމެރިކާއިން މިހާރު ވެސް ހިންގާ ޖަރީމާތަކެއް ނޫންތޯ ސުވާލުކޮށްފައި ވެއެވެ.