ހައްޖުގެ އަޅުކަން

މުވައްޒަފުންނަށް ހައްޖަށް ފޮނުވަން އެސްޓީއޯ އާއި ހައްޖު ކޯޕަރޭޝަން އެމްއޯޔޫ އެއްގައި ސޮއިކޮށްފި

Feb 1, 2016

އެސްޓީއޯގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން "މުވައްޒަފުންގެ ސްކީމް" ގެ ނަމުގައި ސްކީމެއް ތައާރަފްކުރަން އެސްޓީއޯ އާއި ހައްޖު ކޯޕަރޭޝަންގެ ދެމެދުގައި އެމްއޯޔޫ އެއްގައި ސޮއެކޮށްފިއެވެ.

އިއްޔެ އެސްޓީއޯގައި ބޭއްވި ހަފްލާއެއްގައި އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަޙްމަދު ޝަހީރެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ އެމްޑީ ޔާމީން އިދުރީސް އެވެ.

ސޮއި ކުރެއްވުމަށްފަހު ޝަހީރު ވިދާޅުވީ މި ފައިނޭންޝަލް ސްކީމްގައި އެސްޓީއޯގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި މިސްކީމްގެ ބޭނުމަކީ ޅައުމުރުގައި ހައްޖައް ދިއުމަށް ބާރުއެޅުން ކަމަށެވެ.

ޔާމީން އިދުރީސް ވިދާޅިވީ މި ސްކީމްގެ ބޭނުމަކީ ޒުވާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި އެސްޓީއޯ އިން ހައްޖު ކޯޕަރޭޝަންގެ ސްކީމްގައި ބައިވެރިވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.