އެސްޓީއޯ

އެސްޓީއޯއިން ކޮންމެ އަހަރަކު ދެ މުވައްޒަފަކު ހައްޖަށް ފޮނުވަނީ

އެސްޓީއޯގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި މުވައްޒަފުންގެ އެސެމްބްލީ
0%
0%
0%

އަންނަ އަހަރުން ފެށިގެން އެސްޓީއޯއިން ކޮންމެ އަހަރަކު ކުންފުނީގެ ދެ މުވައްޒަފަކަށް ހައްޖަށް ފޮނުވަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) އަށް 51 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިއަދު އެ ކުންފުނީގެ މައި އިމާރާތުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އަހަރަކު ދެ މީހުން ހައްޖަށް ފޮނުވުމުގެ ޕްލޭން އަކީ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ޝަހީރު ވިދާޅުވި އެވެ.

މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިތުރުން، އެތަނުގެ މުވައްޒަފުންނަށް ފަސޭހައިން ފްލެޓް ހޯދަދޭން އެޗްޑީސީއާއި އެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝަހީރު ވިދާޅުވީ އެވެ. އެގޮތުން އެޗްޑީސީ އިން މިހާރު އިއުލާން ކޮށްފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫގެ މަންފާ އެސްޓީއޯގެ މުވައްޒަފުންނައް ހޯދަދެއްވާނެ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.

މިއަދުގެ އެސެމްބްލީގައި އެސްޓީއޯއިން ވަނީ "ވިލްް" ނަމުގައި ހާއްސަ ކެމްޕެއިންއެއް ވެސް ލޯންޗްކޮށްފައެވެ. އެ ކެމްޕެއިނަކީ އެކި ދާއިރާތަކުން އިޖުތިމާއީ ތަރައްގީއަށް މަސައްކަތް ކުރުމާއި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތައް ހިންގާ ކެމްޕޭނެކެވެ. އަދި އެ ކޭމްޕޭން މެދުވެރިކޮށް އެސްޓީއޯގެ މެނޭޖްމަންޓާއި އެސްޓީއޯގެ ސްޓާފުން ހަރުދަނާ ގޮތެއްގައި ގުޅުވައިދޭނެ ނެޓްވޯކެއް ގާއިމް ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910