އެމްއެންޑީއެފް

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކަށް ހުސައިން

Mar 27, 2023

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖާ ހުސައިން ރަޝީދު އައްޔަންކޮށްފި އެވެ.

އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މައުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ބޭފުޅާ އެވެ.

ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މައުލޫމާތު ދިނުމަކީ މަނާ ކަމެކެވެ. މިފަދަ މައުލޫމާތު ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް އިން ހުއްދަ ދެއްވާފައިވާ ބޭފުޅަކަށެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ކެޕްޓަން ހަނާ މުހައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.