މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދަން އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) -- ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.
ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯނީގެ ޚަބަރެއް ނުވެގެން އެ ދޯނި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު "އަވަސް" އަށް ވިދާޅުވީ ދޯނި ހޯދުމުގެ މަސައްކަތުގައި (ޔޫއޭވީ) އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ދޯނި ހޯދުމުގެ މަސައްކަތް ކަނޑުމަގުންވެސް ކުރަމުން ކުރަމުންދާ ކަމަށެވެ.
އެ ދޯނީގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 10:06 ހާއިރު އެވެ. އެ މައުލޫމާތު ފުލުހުން އެމްއެންޑީއެފްއާ ހިއްސާކުރީ ރޭ 10:45 ހާއިރު އެވެ.
އެމްއެންޑީއެފްގެ އެއާ ކޯ އިފްތިތާހުކޮށް ޔޫއޭވީ ބޭނުންކުރަން ފެށީ މިއަހަރުގެ މާޗްމަހު އެވެ.
ޔޫއޭވީ ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޔޫއޭވީގެ ތެރޭގައި ހިމެނޭ ތިން ޑްރޯންއަކީ ތުރުކީން ހަދިޔާކޮށްފައިވާ ޑްރޯންތަކެއް ކަމަށެވެ.