ބޮލީވުޑް

ސިޔާސީ މީހަކާ ކައިވެނި ނުކުރަން ބުނި ޕަރިނީތީ އެމްޕީއަކާ ކައިވެނިކުރަނީ

ޕަރިނީތީ ޗޯޕްރާ ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގެ ވީޑީއޯއެއް ކުއްލިއަކަށް އަނެއްކާވެސް އިންޓަނެޓުގައި ވައިރަލް ވެގެން އެބައުޅެ އެވެ.

މި ވީޑިއޯގައި ޕަރިނީތީ ބުނަނީ ދުވަހެއްގެ ކޮޅުންވެސް ސިޔާސީ މީހަކާ ކައިވެނި ނުކުރާނެ ކަމަށެވެ. އަދި ފިރިއަކު ހޯދާއިރު ސިޔާސީ ނޫން މީހަކު ހޯދަން އިސްކަން ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ވީޑިއޯ ކުއްލިއަކަށް ވައިރަލްވެ ވީޑީއޯ އަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުންދަނީ އިންޑިޔާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް އަދި ގާނޫނީ ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރާގަވް ޗައްޑާ އާއި ޕަރިނީތީ ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތައް އިންޑިޔާގެ ނޫސްތަކުގައި ޖަހަން ފެށުމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ރާގަވް އާއި ޕަރިނީތީގެ އެންގޭޖްމަންޓް އޭޕްރީލް ފުރަތަމަ ހަފުތާގައި އޮންނާނެ އެވެ. އަދި ޕަރިނީތީގެ ދެބެންގެ ދެދަރި ދައްތަ ޕްރިޔަންކާ ޗޯޕްރާ ވެސް މި އެންގޭޖްމަންޓް ހަފުލާގައި ބައިވެރިވާނެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އެންގޭޖްވާތާ މާގިނަ ދުވަހެއް ނުވެ ރާގަވް އާއި ޕަރިނީތީ ކައިވެނި ކުރަންވެސް ވަނީ ހަމަޖެހިފަ އެވެ.