ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 12 ބޭފުޅުން ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލީ މާޗް 19 ވަނަ ދުވަހު އެވެ.

ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އުއްމުކުލްޡޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
  • ލިއުޝާދު ޢަބްދުއްސައްތާރު / ހިޔާ، ހދ.ނޮޅިވަރަން
  • ޙައްމާދު ނަސީމް ޢަލީ / ނާރެސް، ގދ.ފިޔޯރީ
  • މުޙައްމަދު މިންހާޖް / ހިރިލަންދޫގެ، ސ.ފޭދޫ
  • ފާޠިމަތު ނަބާހާ / ޝާދީވިލާ، ގދ.ފިޔޯރީ
  • ޢާއިޝަތު ނުޒުހާ / މާލެގަން، ފެނާތުރު، ޏ.ފުވައްމުލައް
  • ޢާއިޝަތު ނިހާ / މޫން ޕްލާޒާ، ހދ.ވައިކަރަދޫ
  • ޢަބްދުލްމުޙުސިން ޢަބްދުލްހަކީމް / އާކުރި، ގއ.ނިލަންދޫ
  • ފާޠިމަތު ސަޢީދު / ގެދަރުގެ، ސ.ފޭދޫ
  • ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ
  • އަހްމަދު ނައުފަލް / ޝިފާނާވިލާ، ކ.މާލެ
  • ޢަލީ ނަޞީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެ އެެވެ.