އެމްއެންޑީއެފް

ހިތަދޫގައި އަލިފާނުގެ ހާދިސާއެއް

Apr 6, 2023

އައްޑޫ ސިޓީގެ ހިތަދޫގައި ޓޫރިޒަމް ދޫކޮށްފައި އޮތް ހުސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވެފައިވަނީ އެތަނުގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ މިރޭ 6:45 ހާއިރު އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް ބުނި ނަމަވެސް އެތަނަށް ލިބުނު ގެއްލުމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

އައްޑޫގައި ގަސް ގިނަ މީހުން ނޫޅޭ ސަރަހައްދުތަކުގައި ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާތައް ހިނގަ އެވެ.