ހަބަރު

ދެގޮތެއްނުވެ ހުންނަވާނީ އެމްޑީޕީ އާއި ނަޝީދާއެކު: ޖަމީލް

Feb 2, 2016
3

އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އަބަދަށް ދެމި ހުންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ބަޔާނެއް އާންމު ކުރައްވާ ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕއާއެކު ދެގޮތެއް ނުވެ ދެމި ހުންނަވަން ނިންމެވީ ރާއްޖެ ނުރައްކަލުން ސަލާމަތް ކުރަން ކަމަށެވެ. އަދި ގައުމުގެ އަސާސީ ރުކުންތައް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާތީ ކަމަށެވެ.

މިދިއަ ދުވަސްތަކުގައި އޭނާ މަސައްކަތް ކުރެއްވީ ދިވެހިންގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި ރާއްޖޭގެ ގާނޫނީ ސިޔާދަތާއި ގާނޫނުގެ ރައްކާތެރި ކަމާއި ދުސްތޫރީ ހައްގުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް ކަމަށް އިޝާރާތްކުރައްވާ ވިދާޅުވެފައި ވަނީ ދައުލަތުގެ މުއްސަނދިކަން ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރެއްވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޖަމީލް މިފަދަ ބަޔާނެއް ނެރުއްވި އިރު އެމްޑީޕީން ވަނީ އޭނާއާއެކު މަސައްކަތްކުރަން ގަރާރެއް ފާސްކޮށްފައެވެ. ޖަމީލް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.