ދުނިޔެ

ވަޒީފާ މަދުކުރުމުގެ ވިސްނުމެއް ނެތް: އެޕަލް

އެޕަލްގެ ކުރިއެރުމަކީ މުވައްޒަފުން ކަމަށާއި ވާދަވެރި އެހެން ކުންފުނިތަކުން ހާހުން ވަޒީފާ މަދުކުރިއެއް ކަމަކު -- އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެ އެވެ.

ޓިމް ކުކް ވިދާޅުވި ގޮތުގައި ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގުތިސާދީ ހީނަރުކަމުން ކުންފުނި ރައްކާތެރިކުރަން ތިބީވެސް މުވައްޒަފުންނެވެ. އެހެންކަމުން އެ މީހުން ދޫކޮށްލުމުން ކުންފުންޏަށް ފައިދާއަށް ވުރެ ބޮޑުވާނީ ގެއްލުމެވެ.

އެޕަލްގެ ސީއީއޯ ވިދާޅުވީ ކުންފުނީގެ ފައިދާ އެއްވާނެއްގައި ދެމެހެއްޓިފައި ހުއްޓައި މުވައްޒަފުން ވަކިކުރުމުގެ މާނައެއް ނެތެވެ. އެހެންނަމަވެސް، ކުންފުންޏަށް އާމްދަނީ ލިބޭ ވަރު ދަށްވެ އަރައިގަތުމާ މެދު ސުވާލު އުފެއްދިއްޖެ ނަމަ ކޮންމެވެސް ވަރަކަށް ވަޒީފާ މަދުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެޕަލްއަށް ފާއިތުވި ކުއާޓަރުގައި 24 ބިލިއަން ޑޮލަރު ލިބިފައިވާއިރު އެއީ ކުކް ވިދާޅުވި ގޮތުގައި އަންދާޒާކުރެއްވި ވަރަށް ވުރެވެސް ރަނގަޅު އާމްދަނީ އެކެވެ. އޭނާ އަދި ވިދާޅުވީ ފައިދާ އިތުރުވުމުގެ މާނައަކީ ކުންފުނި ވަރަށް ރަނގަޅަށް މެނޭޖްކުރެވުމެވެ.

އެޕަލްގެ ވިސްނުމަކީ ކުކް ވިދާޅުވި ގޮތުގައި އާ އުފެއްދުންތައް އިތުރުކުރުމެވެ. އަދި އުފެއްދުންތައް އިތުރުކުރުމަށް -- އިތުރު މުވައްޒަފުން ކުންފުންޏަށް ބޭނުންވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެޕަލްގައި ބޭނުން ނެތް މުވައްޒަފަކު ނުހުންނާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ. އެޕަލްއަށް މުވައްޒަފުން ބޭނުން ނޫން ނަމަ މާނަ އަކީ އޭނާއަށް ދޭން ވަޒީފާއެއް ކުންފުނީގައި ނެތީ ކަމަށް ކުކް ވިދާޅުވި އެވެ.

ވަޒީފާ ދީފައި، ވަޒީފާއިން ވަކިނުކުރާނެ ކަމަށް\ވެސް ކުކް ވިދާޅުވި އެވެ.