ދުނިޔެ

އެޕަލް ގްލޯޓައިމް: އައިފޯން 16 މިރޭ ތައާރަފުކުރަނީ

އައިފޯނަށް ލޯބިޖެހިފައި ތިބިހާ ބަޔަކަށް މިއީ އުފާވެރި ރެއަކަށް ވާނެ އެވެ. އެޕަލް ގްލޯޓައިމްގެ ނަމުގައި އެޕަލްގެ ހެޑްކުއާޓަރުގައި ބާއްވާ ހަފުލާގައި އައިފޯން 16 އާއި އެޕަލް ގަޑި އަދި އެއާޕޮޑްސް އާންމުކޮށް ދައްކާލާނެ އެވެ.

އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން އަޑުފެތުރިފައިވާ ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް ސިނާއަތުގައި އެޕަލްގެ ދައުރާ މެދު މިރޭގެ ހަފުލާގައި މައުލޫމާތު ދޭނެ އެވެ.

މިރޭގެ ގްލޯޓައިމް ހަފުލާގައި އައިފޯން 16، އައިފޯން 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް ތައާރަފްކުރާނެ އެވެ.

އައިފޯންގެ 16 ގެ މޮޑެލްތަކާ ބެހޭ ގޮތުން ވަކި ގޮތަކަށް އަޑުފެތެރިފައި އޮތް ނަމަ، ގަބޫލުކުރަން އެންމެ ފަސޭހަ ގޮތް މި ކިޔައިދިނީ އެވެ.

އެޕަލްގެ އުފެއްދުންތަކާ ބެހޭ ގޮތުން ކުންފުނި ތެރެއިން މައުލޫމާތު ލިބިފައި ތިބި މީހުން ބުނަނީ މިރޭގެ ގްލޯޓައިމް ހަފުލާގައި އެޕަލް ވޮޗް 10 ގެ ކުރު ޚުލާސާއެއް ދޭނެ ކަމަށެވެ.

އެޕަލުން އަހަރަކު އެއްފަރހަރު ބާއްވާ އައިފޯން ހަފުަލާ ޚާއްސަވަނީ ހަމައެކަނި އައިފޯނަކަށް ނޫނެވެ. މިހެންކަމުން މިރޭގޮ ގްލޯޓައިމް ފަޅުފިލުވުމުގައި އެޕަލް ވޮޗް 3 އަލްޓްރާ އާއި އެއާޕޮސް 4، އެއާޕޮޑްސް ޕްރޯ 3، އަދި އެއާޕޮޑްސް މެކްސް 2 ބައިވެރިވާނެ އެވެ.

މިރޭގެ ގްލޯޓައިމް އިވެންޓާ ބެހޭ ގޮތުން ކުރިއާލައި މައުލޫމާތު ލިބިފައި ތިބި މީހުން ބުނާ ގޮތުން މިއީ އެޕަލުން މި އަހަރު ބާއްވާނެ އެންމެ ބޮޑު ހަފުލާ އެވެ. މި ހަފުލާއި އެޕަލުން މުޅިން އާ ވާހަކައެއް ދައްކާ ނަމަ އެ ވާހަކައަކަށް ވާނީ އެޕަލްގެ އުފެއްދުންތަކުގައި "އޭއައި" ހިމަނާ ވާހަކަ އެވެ.

އެޕަލުން މިރޭ މެކްއޯއެސް ބޭނުންކުރާ މީހުންނަށް -- މެކްއޯއެސް 18، ސެކޯޔާ ދޫކޮށްލާނެ އެވެ. އައިއޯއެސް 18 އަދި އައިޕެޑްއޯއެސް 18 އާ ބެހޭ ގޮތުން މިރޭގެ ހަފުލާގައި މައުލޫމާތު ދޭނެ އެވެ.

އައިފޯން 16 ގެ އަގުތަކާ ބެހޭ ގޮތުން ގިނަ ގޮތް ގޮތަށް ބުނެވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ބިރުގަންނަ ގޮތަކީ އައިފޯން 16 ގެ ކޮންމެ މޮޑެލަކުން 100 ޑޮލަރު އަގުބޮޑުވާނެ ކަމަށް ދައްކާ ވާހަކަތަކެވެ.

އައިފޯނު ނޫން އެހެން ފޯނެއް ބޭނުން ނުކުރަން ފައިވިއްދާފައި ތިބި މީހުން ބުނާ ގޮތުން، އައިފޯން ބޭނުންކުރާ އެހާ ގިނަ ބަޔަކު ތިބިއިރު، ތަފާތު ބޮޑު އަގެއްގައި އެޕަލްގެ އެއްވެސް އުފެއްދުމެއް ނުވިއްކާނެ އެވެ.

އެޕަލުން އުފެއްދުންތައް އަބަދުވެސް ވިއްކަނީ ބޭނުންކުރާ މީހުންގެ ޖީބަށް ލުއިވާ ގޮތަށް ސަމާލު ތިބެގެން ކަމަށް ވެސް ވަފާތެރިން ބުނެ އެވެ.