ދުނިޔެ

އައިފޯން 16ގެ މޮޑެލްތަކުގައި 8ޖީބީ ރޭމް

އައިފޯން 16ގެ ކޮންމެ މޮޑެލެއްގައި 8ޖީބީ ރޭމް ހިމަނާފައިވާ ކަމަށް އެޕަލުން ބުނެފި އެވެ.

އެޕަލްގެ ވައިސް ޕްރެޒިޑެންޓް ޖޮނީ ސަރޫޖީ ވިދާޅުވި ގޮތުން އައިފޯންގެ އާ މޮޑެލްތަކުގައި ރޭމް އިތުރުކުރަން ޖެހުނީ އައިއޯއެސް 18 ގައި ހިމަނާފައިވާ "އެޕަލް އިންޓެލިޖެންސް" ފީޗާތައް އޮމާންކުރުމަށެވެ.

އައިފޯން 16ގައި ހިމަނަން އެޕަލްގެ އިންޖިނޭރުން ވިސްނާފައި ހުރި ފީޗާތައް ލެވެން ހުރީ ހާޑްވެއާއަށް ބަދަލުގެނެސްގެން ކަމަށްވާތީ ރޭމް މަތިކުރީ ކަމަށް ސަރޫޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިފޯންތަކުގެ ހާޑްވެއާ ލިސްޓް އެއްގޮތަކަށް ބަހައްޓައިގެން ވާދަވެރި މާކެޓެއްގައި ދެމިއޮތުމަށް ދަތިވާނެ ކަމަށެވެ.

އެޕަލްގެ ބަޔޮނިކް ޗިޕުން ހުރިހާ ކަމެއް ކުރުމުގެ ބަދަލުގައި، ރޭމް މަތިކޮށްގެން ކުރެވެން ހުރި ބައެއް ކަންތައްތައް -- މިސާލަކަށް އޮންލައިން ގޭމިން އަދި ސިރީއަށް ގެނެސްފައި ހުރި އިންޓެލިޖެންސް ފީޗާތައް އެ ގޮތުގައި ދެމެހެއްޓީ ކަމަށްވެސް ސަރޫޖީ ވިދާޅުވި އެވެ.

އެޕަލް އިންޓެލިޖެންސް ފީޗާތައް ބޭނުންކުރުމަށް 8ޖީބީ ޝަރުތަކަށް ވުމުން -- އައިފޯން 15 އަށް އައިއޯއެސް 18 އިންސްޓޯލްކުރި ނަމަވެސް -- އައިފޯން 15ގެ ހުރިހާ މޮޑެލެއްގައި އެޕަލް އިންޓެލިޖެންސް ބޭނުމެއް ނުކުރެވޭނެ އެވެ. އެއީ އައިފޯން 15 ޕްރޯ ފިޔަވައި އައިފޯން 15 ގެ މޮޑެލްތަކުގައި 6ޖީބީ ހިމަނާފައިވާތީ އެވެ.

އެޕަލުން ޒަމާނާ ހަމަކުރުމަށް ނޫން ގޮތަކަށް އައިފޯން މޮޑެލްތަކުގައި ހާޑްވެއާ ބަދަލެއް ނުކުރެ އެވެ. އެޕަލުން މީގެ ކުރިން އައިފޯން މޮޑެލްތަކުގެ ސްޕީޑާ ކުޅެފައި ހުންނަނީ މައި ޕްރޮސެސަރުންނެވެ.

އައިފޯން 16 ގެ އާއިލާގައި ހިމެނެނީ އައިފޯން 16، އައިފޯން 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި އައިފޮން 16 ޕްރޯ މެކްސް އެވެ. އެޕަލް އިންޓެލިޖެންސްގެ ފުރިހަމަކަން ހިމަނާފައިވަނީ މި މޮޑެލްތަކުގަ އެވެ.