އައިފޯނާއި އައިޕެޑް ހިންގައިދޭ އޮޕަރޭޓިން ސިސްޓަމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ އެވެ. އެޕަލް ކުންފުނި ތެރޭގައި ކުރެވޭ މަޝްވަރާތައް އަޑުއިވޭ މީހުން ބުނާ ގޮތުން އައިއޯއެސްއަށާއި އައިޕެޑްއޯއެސްގެ ޑިޒައިނަށް މުޅިން އާ ބަދަލުތަކެއް އެޕަލުން ގެންނާނެ އެވެ.
މި ގޮތުން ގެނެވޭ ބަދަލުތައް އެންމެ ބޮޑަށް ފެންނާނީ ޔޫޒާ އިންޓާފޭސްއިންނެވެ. ފޯނު ބޭނުންކުރަން އިނގިލިކުރި ޖައްސާ އައިކަންތަކާއި، ސްކްރީން ޑިޒައިނަށް އަދި ކުލަތަކަށް ވެސް ތަފާތު ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެވެ އެވެ.
މި ބަދަލުތަކާ އެކު އައިއޯއެސް 19 އަށް ފަހު އައިފޯން ފެންނާނީ މުލީން އެހެން ކުންފުންޏެއްގެ ފޯނެއްގެ ގޮތުގައި ކަމަށް، މިކަމާ ގުޅުން ހުރި މައުލޫމާތު ހުރި މީހުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލްގެ ވިސްނުމަކީ، ޑިވައިސްތައް ތަފާތު ނަމަވެސް، ދާދި އެއް ބައްޓަމަކަށް ޔޫޒާ އިންޓަފޭސްތައް ޑިޒައިންކުރުމެވެ.
އައިފޯން 17 މި އަހަރުގެ ފަހުކޮޅު -- ސެޕްޓެމްބަރުގައި ބާޒާރަށް ނެރޭއިރު މި ބަދަލުތައް ފެންނަން ހުންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އައިފޯނާ އެކު އައިޕެޑްތައް ވެސް މުޅިން ބަދަލުވެގެން ދާނެ ކަމަށްވެ އެވެ.
އައިއޯއެސް، އައިޕެޑްއޯއެސްގެ ގްރެފިކް ޑިޒައިންތަކަށް ބަދަލު ގެނައުމުގައި، އައިފޯނަށް މީހުން ހިތްޖެއްސުން ފިޔަވައި އިތުރު ކަމެއް ނެތް ކަމަށް އެޕަލުން ބުންޏެވެ.
އެބަލުން ދެކޭ ގޮތުގައި މާބޮޑު ޚަރަދުތަކެއް ނުކޮށް ފޯނުގެ ތީމްތައް ބަދަލުކޮށްލައިގެން ވެސް ކުންފުނީގެ ވިޔަފާރި ކުރިއަށް ޖައްސާލެވިދާނެ އެވެ.