އެޕަލުން ފަތްޖެހި އައިފޯނެއް އުފައްދަނީ އެވެ. އިންތިޒާރުގައި އެތައް ހާސް ބަޔަކު ތިއްބަސް، ނެރޭނެ ދުވަހެއް ނޭނގެ އެވެ.
ފްތްޖެހި އައިފޯނެއް އެޕަލުން ދުވަހަކުވެސް އުފައްދާނެ ކަމެއްވެސް ނޭނގެ އެވެ. ބަޔަކު މިކަމަށް ޝައުގުވެރިވާތީ މި ވާހަކަ ދެއްކެނީ އެވެ. ފަތްޖެހި އައިފޯނެއް އޮންނާނެ ގޮގާއި، ހިމަނާނެ ފީޗާތަކާ ބެހޭ ގޮތުން ސަޅިކަނޑާލުމަކީ ވެސް ނުތަނަވަސްކަން ފިލައިގެންދާ ކަމެކެވެ.
އެޕަލްގެ ހުރިހާ އުފެއްދުމެއް، ވާދަވެރިންނާ ތަފާތެވެ. އެޕަލްގެ އުފެއްދުމެއް، އިތުބާރުކުރެވޭ ފެންވަރުގައި ނޫނީ ދުވަހަކުވެސް ތައާފުރުނުކުރެ އެވެ. ފަތްޖެހި އައިފޯނާ މެދުވެސް ބުނެވެނީ މިފަދައިންނެވެ.
ސްމާޓްފޯންތައް ފަތްޖަހަން ފެށުމުން އުފެއްދުންތެރިންނަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ފޯނުގެ ދެކިބަ ބުޅުވައިދޭ ހުޅު ޑިޒައިންކުރާނެ ގޮތެކެވެ. ސްކްރީން މާބޮޑަށް ލެނބި ބިންދައިގެން ހިނގައިދާނެ ކަމަށް ބިރަށް ކޮންމެ ކޮންމެ ޑިޒައިނަކަށް ހުޅުތައް ހަދާކަށް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަތްޖެހި އައިފޯނުގައި، ދެ ސްކްރީން ޖެހޭ ތަނުގައި އެޕަލުން ހަރުކުރަނީ ލިކުއިޑް މެޓަލް ހުޅެކެވެ. މިއީ ވާދަވެރިންނަށް ވުރެ މޮޅު އަދި ހުޅުވައި ލެއްލުމުގައި އިތުބާރު ޑިޒައިނެއް ކަމަށް އިންޖިނޭރުން ބުނެ އެވެ.
އެޕަލުން މި ދިޒައިންނަށް ހުޅުތައް ހަދަން ފެށުމުން، ވާދަވެރިންގެ ފޯނުތައް ވެސް މި ޑިޒައިނަށް -- ލިކުއިޑް މެޓަލްއަށް ބަދަލުކުރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެއީ މިހާރު ބޭނުންކުރެވޭ ޓައިޓޭނިއަމް ހުޅުތަކަށް ވުރެ ބާރުގަދަ އަދި އުމުރު ދިގު ހުޅަކަށް ވާތީ އެވެ.
އެޕަލްގެ އުފެއްދުންތައް މިހާރު ހުރި ފެންވަރަށް ބަލާއިރު، އެޕަލްއަށް އިތުބާރުކުރެވޭ ފެންވަރުގައި ނޫނީ ފަތްޖެހި އައިފޯނެއް ނުއުފައްދާނެކަން ކަށަވަރެވެ.