ދުނިޔެ

އެޕަލް ވިޔަފާރި ފުރަތަމަ ކުއާޓަރުގައި އެއް ޕަސެންޓް ދަށަށް

0%
0%
0%

އެޕަލުން މި އަހަރު ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ ނުލިބޭނެ ކަމަށް ބެލެވެން ފަށައިފި އެވެ. އެއީ އައިފޯން އެސްއީ4 ވިކޭނެ ކަމަށް ކުރިން ލަފާކުރި ވަރަށް ވިކިފައި ނުވާތީ އެވެ.

އައިފޯން އެސްއީ4 އަކީ އައިފޯނުގެ ތަންކޮޅެއް އަގު ހެޔޮ މޮޑެލެކެވެ. މި ފޯނުގެ އެކި މޮޑެލްތައް އަގުހެޔޮ މާކެޓަށް ވަނީ ނެރެފަ އެވެ. ނަމަވެސް، 2022 އަށް އައިފޯން އެސްއީ ނެރުނީ މި އަހަރު ފެބްރުއަރީ 19 ގައެވެ.

އައިފޯންގެ އޮރިޖިނަލް މޮޑެލްތައް ފަދައިން އައިފޯން އެސްއީ އަށް ވެސް، ބާރުގަދަ ފީޗާތައް އެކި ފަހަރު މަތިން ވަނީ ދޫކޮށްފަ އެވެ. ކޮންމެ އަހަރަކު ނެރޭ އައިފޯންއާ ގުޅުވައި، އައިފޯން އެސްއީއަށް ވެސް ހެޔޮ ބަދަލުތައް ވަނީ ގެނެސްފަ އެވެ.

އެޕަލް އަކީ އިންވެސްޓަރުންނާއި ހިއްސާދާރުންގެ އިތުބާރު ވަރަށް ބޮޑު ކުންފުންޏެވެ. މިހެންކަމުން، އެއް ޕަސެންޓް ދަށްވުމަކީ އެޕަލްއަށް ކަންބޮޑުވުމަކަށް ވާނެ އެވެ.

މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެޕަލުން ރަނގަޅު އާންމްދަނީއެއް ހޯދި ނަމަވެސ، މި އަހަރު ވިޔަފާރި ދަށްވި ސަބަބު އެޕަލުން ބަލާނެ އެވެ. އަދި މި ކަމާ ގުޅުވައިގެން ގެންނަން ޖެހޭ ބަަލުތައް ވެސް އެޕަލުން ގެންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910