އަލިފާން

ބޯގަންވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

May 6, 2023

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އާއިލީ ގެ -- މއ. ބޯގަންވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރަށްދެބައި މަގުގައި ހުންނަ ބޯގަންވިލާގޭގައި ރޯވި އަލިފާން އެމްއެންޑީއެފް އިން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

ބޯގަންވިލާ އަކީ މިނިސްޓަރު ފައްޔާޒުގެ އާއިލީ ގެކޮޅު ކަމަށްވީ ނަމަވެސް މިނިސްޓަރު ދިރިއުޅުއްވަނީ އެހެން ގެއެއްގަ އެވެ. އެކަމަކު ފައްޔާޒުގެ ބޭބެ އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ދިރިއުޅުއްވަނީ ބޯގަންވިލާގަ އެވެ.