ހަބަރު

އެމްޑީޕީގެ އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

Feb 5, 2016
7

ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީ އިން މިއަދު ފެށި އެއްވުން ފެށުމާ އެކު ފުލުހުން ނުކުމެ އެއްވުމަށް ހުރަސް އަޅައިފި އެވެ.

ކޮރަޕްޝަނާ ދެކޮޅު ޝިޔާރުތަކާ އެކު އެއްވުމުގެ ބައިވެރިން، މަޖީދީ މަގަށް ނުކުންނަން ހިނގައިގަތުމާ އެކު މަޖީދީ މަގު އުރީދޫ ކަސްޓަމަސާވިސް ސެންޓަރާ ހިސާބުން ރަޔަޓް ފުލުހުން ވަނީ ހިނގާލުން އިތުރަށް ކުރިޔަށް ނުދެވޭ ގޮތަށް ޝީލްޑް ޖަހާ ހުއްޓުވައިފަ އެވެ. ފުލުހުން އިއްޔެ ވެސް ބުނެފައި ވަނީ އެއްވުން މަގުމަތީގައި ބޭއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. ހޯމް މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމީ މިއަދަކީ ބަންދު ދުވަހެއް ކަމުން ގިނަ އާއިލާތަކާއި ކުޑަކުދިން މަގުތަށް ބޭނުން ކުރާތީ އެންމެންގެ ރަށްކަލަކަށް ކަމަށެވެ. 

މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ އިންޒާރުދީ، އާޓިފިޝަލް ބީޗްގައި އެއްވުން ބޭއްވުމަށް ނަސޭހަތްތެރިވެފަ އެވެ. ފުލުހުން ބުނަނީ ކުރިއަށް ދާން މަސައްކަތް ކުރާ ނަމަ މުޒާހަރާ ރޫޅާލާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ އިން ބުނަނީ، ކިތަންމެ ވަރަށް ހުރަސްއެޅިއަސް މަގުތަކަށް ނުކުމެ މުޒާހަރާ ބާއްވާނެ ކަމަށެވެ. އަދި މުޒާހަރާ ކުރުމަކީ ހައްގެއް ކަމަށް ވެސް ބުނެފައިވެ އެވެ. ތަފްސީލް އަންނަނީ...