އެމްޑީޕީ

ހަރުގެ އަތުލުން ހުއްޓުވަން އެމްޑީޕީން ބޭނުންވި އަމުރެއްް ނުދިން

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އެމްޑީޕީ ހަރުގެ ކުރިމަތީގައި
0%
0%
0%

އެމްޑީޕީގެ މައި ހަރުގެ ހުރި ބިން އަތުލުމަށް ގޭގެ ވެރިފަރާތުން ކުރާ މަސައްކަތް ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެމްޑީޕީން ސިވިލް ކޯޓުގައި އެދުނު އަމުރެއް ނުދިނެވެ.

އެމްޑީޕީ މައި ހަރުގެ ހުސްކުރަން ގޭގެ ވެރިފަރާތުން އެންގުމާ ގުޅިގެން އެމްޑީޕީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގަ އެވެ.

އެމްޑީޕީގެ މައި ހަރުގެ ހަދާފައިވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ޝަފިއްޔާ ޒުބައިރުގެ ބިމެއްގަ އެވެ.

ޝަފިއްޔާ މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފަ އެވެ.

ޝަފިއްޔާ ވަނީ ހަރުގެ ހުސްކުރަން އެންގުމަށްފަހު އެ ބިން އެހެން ފަރާތަކަށް ކުއްޔަށްވެސް ދީފަ އެވެ. އަދި އިއްޔެ "ދަ ޑިމޮކްރެޓްސް"ގެ އިސް ބޭފުޅުން ވަނީ ޝަފިއްޔާއާ އެކު ހަރުގެ ހުރި ތަނަށް ގޮސް އެތަނުގައި ހަރުކޮށްފައި ހުރި ތަޅު ހަލާކުކޮށްލައިގެން ހަރުގެ ތެރެއަށް ވަދެ "ދަ ޑިމޮކްރެޓްސް"ގެ ބާރުގެ ދަށަށް ހަރުގެ ގެނެސްފަ އެވެ. އެމްޑީޕީން ވަނީ އެއީ ތަނަށް ގެއްލުންދީ ހިސޯރުކުރުމެއް ކަމަށް ނިންމާ އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅަން ނިންމާފަ އެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު އަވަސް އަށް ވިދާޅުވީ ހަރުގެ މައްސަލަ ކޯޓަށް ހުށަހެޅީ އެތަން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވި ނަމަވެސް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ އިންތިހާބު ނިމެންދެން ހަރުގެ ބޭނުން ކުރެވޭނޭ ކަމަށް ގޭގެ ވެރިފަރާތުން އަނގަ ބަހުން ކުރިން އެންގުމަށްފަހު އެ އެންގުން އެހެން ގޮތަކަށް ފަހުން ބަދަލުކުރުމުން ޕާޓީގެ ހައްގުތައް ކަށަވަރުކުރުމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީންް ތާއަބަދު އެތަނުގައި ތިބެން އެއްވެސް އިރަކު ވިސްނާފައި ނެތް ކަމަށެވެ. އަދި ގޭގެ ވެރިފަރާތުން ތަން ހުސްކުރަން އެންގުމުން ތަނެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345