އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ ތާއީދުކުރައްވައިފި އެވެ.
ރައީސް ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ރާއްޖެއާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސްއަށްވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށެވެ.
އިމްތިޔާޒް ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅޭ ވާހަކަ ނަޝީދު ދައްކަވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ބުނާ އަޑުތަކެއް ގަދަވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ދަ ޑިމޮކްރެެޓްސް އުފެއްދީ 2023 ވަނަ އަހަރު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށް އަމާޒު ކަނޑައަޅައިގެންނެވެ. ނަމަވެސް އެ ޕާޓީގެ އިސްވެރިން ހީކުރި ވަރުގެ ތަރުހީބެއް އަދި ސަޕޯޓެއް އާންމުންގެ ފަރާތުން ނުލިބުނެ އެވެ.
ދަ ޑިމޮކްރެޓްސްއަށް އާންމުންގެ ތާއީދު ނެތުމުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.